ސްޕެނިޝް ލަލީގާގައި އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑްގެ މައްޗަށް ލެވަންޓޭއިން ކުރި ހޯދައިފިއެވެ.

ރެއާލްގެ ދަނޑުގައި އެޓީމުގެ މައްޗަށް ލެވަންޓޭއިން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗު ފެށިގެން ނުވަ މިނެޓު ނުވަނީސް ރެއާލްގެ ޑިފެންޑަރު އެޑަރ މިލިޓާއޯއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ނަމަވެސް ރެއާލްއިން ވަނީ އޭގެ ހަތަރު މިނެޓު ފަހުން ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މާކޯ އަސެންސިއޯއެވެ. ފުރަތަމަ ހާފުގައި ލެވަންޓޭއިން އެއްވަރުކުރިއިރު މި ލަނޑު 32 ވަނަ މިނެޓުގައި ޖަހައިދިނީ ހޯސޭ ލުއިސް މޮރާލޭސްއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި ލެވަންޓޭގެ ރޯޖަރ ވަނީ ލިބުނު ޕެނަލްޓީ ބޭކާރުކޮށްލާފައެވެ. އެހެން ނަމަވެސް މެޗުގެ 78 ވަނަ މިނެޓުގައި އޭނާ ވަނީ ލަނޑެއް ޖަހާ މި މެޗުން ލެވަންޓޭ މޮޅުކޮށްދީފައެވެ.

މި މެޗުން ބަލިވި ނަމަވެސް 40 ޕޮއިންޓާއެކު ރެއާލް އޮތީ ތާވަލުގެ ދެވަނައިގައެވެ. އެހެން ނަމަވެސް މާދަމާ ރޭ ބާސެލޯނާ ކުޅޭ މެޗުން އެޓީމު މޮޅުވެއްޖެނަމަ ލަނޑުގެ ތަފާތުން ރެއާލްގެ ކުރިއަށް އެޓީމު ޖެހިލާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.