ހުޅުމާލޭގައި ބިނާކޮށްފައިވާ ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

އެ ކުންފުނިން މިއަދު ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ 7000 ހައުސިން ޔުނިޓަށް ކަރަންޓު ދިނުމަށްޓަކައި އިންސްޕެކްޓް ކުރުމުގެ މަސައްކަތްތައް މިހާރުވަނީ ފަށާފައެވެ. އިންސްޕެކްޝަން ނިމުމަށްފަހު ކަރަންޓު ދިނުމުގެ އަމަލީ މަސައްކަތް ފެށޭނެއެވެ. ފްލެޓްތައް ދޫކުރުމަށް ހަމަޖެހިފައިވާ ތާރީހުގެ ކުރިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީ ނިންމާލެވޭނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައިވާއިރު، ދެވަނަ ފިޔަވައްސަށް ކަރަންޓުގެ ހިދުމަތް ދިނުމާއި ގުޅޭގޮތުންވެސް އެ ކުންފުނިން ވަނީ އެޗްޑީސީއާއެކު މަޝްވަރާކޮށްފައެވެ. އެގޮތުން، ބުރާސްފަތި ދުވަހު ބޭއްވެވި ބައްދަލުވުމުގައި އުންމީދީ މަޝްވަރާތަކެއް ކުރެވުނުކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ. އަދި ވަރަށް އަވަހަށް މި މަސައްކަތްތައް ނިމި، މި ހިދުމަތްތައް ރައްޔިތުންނަށް ލިބިގެންދާނެކަމަށް ސްޓެލްކޯ އިން ބުންޏެެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.