މިއަދު 122 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 15،736 އަށް އަރައިފިއެވެ.

މިއީ ޖެހިޖެހިގެން ކޮވިޑަށް 100 އިން މަތިން މީހުން ޕޮޒިޓިވްވި ހަތްވަނަ ދުވަހެވެ.

މިދިޔަ އާދިއްތަ ދުވަހު ވަނީ ދެ މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ފުރަތަމަ ފަހަރަށް ދުވާލެއްގެ މައްޗަށް ރިޕޯޓްކުރެވުނު ކޭސްތަކުގެ އަދަދު 100 އަށް މައްޗަށް ގޮސްފަ އެވެ. އެއަށްފަހު ހޯމަ އަދި އަންގާރަ އަދި ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ވެސް އަދަދުތައް ހުރީ 100 އިން މަތީގައެވެ. އިއްޔެވެސް ކޮވިޑަށްވަނީ 118 މީހަކު ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން މާލެ ސަރަހައްދުން އެކަނި ވެސް 90 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ރަށްރަށުން 4 މީހުން އަދި ރިސޯޓުތަކުން 25 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ރާއްޖެއިން ބޭރުގައި އުޅޭ މީހުންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 3 މީހެކެވެ. ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،535 ސާމްޕަލް ނަގައި، ޓެސްޓުކޮށްފައިވެއެވެ.

މައުލޫމާތުތައް ދައްކާގޮތުން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދުތައްވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރު 152 މީހަކު އެދުމަތިކޮށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ ޖުމްލައަކީ 1،582 އެވެ. މި ބަލިން މިހާތަނަށް ރާއްޖެއިން ވަނީ 14،096 މީހަކު ރަނގަޅުވެފައެވެ.

ކޮވިޑްގެ އަދަދުތައް އަނެއްކާ ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު ދީފައިވާ ބައެއް ލުއިތައް އަނބުރާ ގެނެސް ފިޔަވަޅުތައް ހަރުކަށިކުރަން ވަނީ ފަށާފައެވެ. އެގޮތުން މިހާރުވަނީ މާލެ ސަރަހައްދުގައި ރޭގަނޑު 12 އިން ފަތިހު 4 އަކަށް ކަރފިއު އިއުލާންކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.