އަދާލަތު ޕާޓީގެ ރައީސްގެ މަޤާމަށް މިހާރުވެސް އެ ޕާޓީގެ ރައީސަކަށް ހުންނެވި އިމްރާން އަބްދުﷲ އިންތިހާބުވެއްޖެ އެވެ. 

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިމްރާނަށް ވަނީ ވޯޓުލީ މީހުންގެ 84.6 އިންސައްތަ ވޯޓު ލިބިފަ އެވެ. އެއީ 921 ވޯޓެވެ. 

އިމްރާނާއި ވާދަކުރެއްވި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީއަށް ލިބިވަޑައިގެންނެވީ 15.35 އިންސައްތަ ވޯޓެވެ. އެއީ 167 ވޯޓު އެވެ. 

މި އިންތިހާބުގައި ވޯޓުލާފައިވަނީ 1088 މެމްބަރުންނެވެ. އެ ޕާޓީގެ އިންތިހާބުގައި ވޯޓުލުމުގެ ހައްޤު 6846 މެމްބަރުންނަށް ލިބިގެންވެއެވެ. 

އަދާލަތު ޕާޓީގެ ރައީސްކަން އިމްރާން ކުރައްވަމުންގެންދަވަނީ 2011 އިން ފެށިގެންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.