ޚަބަރު
ކައްދުއަށް 37: އުފާފާޅުކުރުންތައް ކުރިއަށް
ކައްދޫ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ދުވުމުގެ ތެރެއިން ---

ރާއްޖޭގައި އޮތް އެންމެ ޒަމާންވީ އެއް ޑޮމެޓިކް އެއާޕޯޓް، ލ. ކައްދޫ އެއާޕޯޓަށް 37 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަމުން އެބަދެއެވެ.

ކައްދޫ އެއާޕޯޓަށް 37 އަހަރު ފުރުމުގެ ހަރަކާތްތައް މިދިޔަ ހަފުތާ ބަންދުގައި ފަށާފައިވާ އިރު، ފުރަތަމަ މުއައްޒަފުން ވަނީ ކައްދޫ ބީޗު ސަރަހައްދު ސާފުކޮށްފައެވެ. އާންމުކޮށް ގިނަ ބަޔަކު ދަތުރު ދާ ސަރަހައްދު ސާފުކުރުމުން އަހަރީ ދުވަހުގެ އިވެންޓްތައް ފަށާފައިވާ އިރު، ރޭ ވަނީ ހާއްސަ ޑިނާ ނައިޓެއް ބާއްވާފައިވެއެވެ.

ރޭގެ ޑިނާ ނައިޓްގައި ކުރިން ކައްދުއަށް ހިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކާއި މިހާރުގެ މެނޭޖުމަންޓުގެ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ. އޭގެ އިތުރުުން ކައްދޫގައި މަސައްކަތް ކުރާ ހުރިހާ މުއައްޒަފުންް ބައިވެރިވެފައިވެއެވެ.

މިއަދު ހެނދުނު ވަނީ ފަތިން ނަމާދު އެއް ޖަމާއަތެއްގައި ކޮށް، މުއައްޒަފުންނަށް ހާއްސަ ދުވުމެއް ބާއްވައިފައެވެ. ދުވުމުގެ އިތުރުންވެސް ހަރަކާތްތައް މިއަދު ކުރިއަށްދާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކައްދޫ ވައިގެބަނދަރު މިހާރު ހިންގަމުން އަންނަނީ މިލިޓަރީ އެއާޕޯޓެއްގެ ގޮތުގައެވެ. އެއީ އިސްކަންދަރު އެއާބޭސްގެ ނަމުގައެވެ. ކައްދޫ އެއާޕޯޓް ހިންގުމަށްޓަކައި ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ނަމުގައި ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ގޮތަށް ކުންފުންޏެއް ހެދީ 2011 ވަނަ އަހަރުއެވެ. އަދި 2014 ވަނަ އަހަރު އެއާޕޯޓް ހިންގުން ވަނީ ސިފައިންނާ ހަވާލުކޮށްފައެވެ.

2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top