ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާ ކުރީގެ ޓުރިޒަމް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ރައީސްގެ މަޤާމުގައި ހުންނެވި އަލީ ވަހީދު އެފަދަ އަމަލެއް ހިންގަވާފާނެ ކަމަށް ގާބޫލުކުރައްވަން ދަތި ކަމަށް، އެ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަލީ ވަހީދުގެ މައްޗަށް އެމަނިކިފާނު ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އިރު މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވި އޭނާ މަގާމުން ވަކިކޮށްފައިވާއިރު، އެ މައްސަލާގައި ދައުވާ އުފުލާ ޝަރީއަތް ވެސް ދަނީ ކުރިއަށެވެ. އެކަމަކު ޖުމްހޫރީ ޕާޓީގެ ރައީސްކަމުން އަދިވެސް އޭނާ ވަކިކޮށްފައެއް ނުވެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ގާސިމް ވިދާޅުވީ އެފަދަ ކަމެއް އަލީ ވަހީދުކުރައްވަފާނެކަމަށް ގަބޫލުކުރައްވަން ދަތި ކަމަށެވެ. ގާސިމް ވިދާޅުވީ އަލީ ވަހީދު ހުންނެެވީ ފްރޭމް ކޮށްފައޭ ބައެއް ފަހަރު ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށެވެ. އަދި އެހެން ވިސްނިވަޑައިގަންނަވަނީ އެކި ސަބަބުތައް ވެސް ހުރުމުން ކަމަށް ވިދާޅުވިއެވެ.

އެހެން ނޫން ނަމަ އިހަށް ދުވަހު ސުޕްރީމް ކޯޓުން ޕާސްޕޯޓު މައްސަލާގައި ދައުވާކުރި އިރު، ވަރަށް ޒިންމާދާރުކަން ކުޑަކޮށް ފެނުނީ. މިކަހަލަ ގޮތްތަކަށް ދިޔައީމަ ވަރަށް ނިކަމެއްޗޭ ދެންނެވޭނީ

އަލީ ވަހީދުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށާއި، ޝަރީއަތް ނިމޭއިރު އޭނާ ކުށުން ބަރީއަ ވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ޤާސިމް ވިދާޅުވި އެވެ.

އަންހެން ކުދިންތަކަކާ މެދު އަލީ ވަހީދުގެ އެފަދަ ނިޔަތެއް އޮވެދާނެ ކަމަށް ގަބޫލުކުރައްވަން ވަރަށް ދަތި ކަން ފާހަގަކުރައްވަމުން ވިދާޅުވީ އެހެންނަމަވެސް އެފަދަ ކަމެއް ހިނގާފައި އޮވެދާނެ ކަމަށެވެ. އަދި ނުނިމި އޮތް މައްސަލައެއްގައި އެއްކޮޅަށް އެއްޗެއް ބުނަން ބޭނުންފުޅު ނުވާ ކަމަށާއި، މީހެއްގެ ގޮތެއް ނޭނގޭނެ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވި އެ މައްސަލާގެ ޝަރިއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، އޭނާ މިހާރު ހުންނެވީ ބޭސްފަރުވާ އަށް އިނގިރޭސިވިލާތުގައެވެ. އެހެންނަމަވެސް މައްސަލާގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ޕީޖީ އޮފީހުން ދެކޮޅު ހަދާ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން އެ ޝަރީއަތަށް ހާޒިރުވެފައިނުވާތީ އޭނާގެ މައްޗަށް ވަނީ ދެ މަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. ކޮބާ ހީވޭކަމެއްހެން، ރައީސް ސޯލިހު އަލީގެ ދިފާއުގައި 17 ނޮވެންބަރު 2020 ގައި ޓީވީ ޕްރޮގްރާމުގައި ވާހަކަ ދެއްކެވި، ރައީސް ނަޝީދު ވިދާޅުވި ތިމަން ބަޔާންތައް ކިޔައިފީމޭ ހަމަ އަޖައިބު ވެއްޖެއޭ އުފުލި ދައުވާތަކުން. މިއަދު ގާސިމް މިބުނީ ހީވެއޭ ފްރޭމްކުރުމެއްހެން.ދެން އެމް.އެމް.ޕީ.އާރް.ސީގެ ކުރީގެ ދިފާއީވަކީލް ކޮން ދޮގު ދައުވާތަކެއް އަލީގެ މައްޗަށް މިއުފުލަނީ؟ ކާކުގެ އޯޑަރަކަށްތޯ؟

ކޮމެންޓް

Your email address will not be published. Required fields are marked *