އެންމެ ބޮޑު އިސްކަމެއްދެނީ އަސާސީ ހިދުމަތްތައް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް ކަމަށް ސަރުކާރުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފި އެވެ.

އެސްޓީއޯގެ 2020 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރގެ ހިސާބުތައް އާންމުކޮށް، ނެރުނު ބަޔާނުގައި ކުންފުނިން ބުނީ ކުންފުނިން އަބަދުވެސް އެންމެ އިސްކަމެއް ދެނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް، މެދުކެނޑުމެއްނެތި ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ކޮވިޑް-19 ގެ ޙާލަތުގައިވެސް އެންމެ އިސްކަމެއް ދީފައިވަނީ ބޭހާއި ކާޑާއި، ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދިނުމަށް އެސްޓީއޯ އިން ބުންޏެވެ. 

އޭގެ ނަތީޖާއެއްގެގޮތުން، އެސްޓީއޯއިން ވަނީ ކޯވިޑް-19 ގެ ސަބަބުން ސިއްހީ ދާއިރާއަށް ބޭނުންވި މެޑިކަލް ކޮންސިއުމަބަލްސް އާއި އިކުއިޕްމަންޓްގެ އިތުރުން ސަރުކާރުން ޓަރޝަރީ ފެންވަރަށް ގެންނަ، 4 ހޮސްޕިޓަލް ޕްރޮޖެކްޓަށް ބޭނުންވާ އިކުއިޕްމަންޓްވެސް ފޯރުކޮށްދީފައިކަމަށް ކުންފުނިން ބުންޏެވެ.

2020 ވަނަ އަހަރު ނިންމާލިއިރު ކުންފުނިންް ވަނީ އޭގެކުރީ އަހަރަށްވުރެ 35 އިންސައްތައިގެ ކުރިއެރުމެއް ހޯދާފަ އެވެ. އެގޮޮތުން ނިމިދިޔަ އަހަރު ކުންފުނީގެ ޖުމްލަ އާމްދަނީއަކީ 7.2 ބިލިއަން ރުފިޔާއެވެ. ކުންފުނީގެ ހިންގުމުގެ ޚަރަދު ކުޑަކުރެވިފައި ވުމާއެކު ކުންފުނީގެ ޓެކްސްއަށް ކެނޑުމުގެކުރިން ސާފު ފައިދާގެ ގޮތުގައި 500 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެގޮތުގައި 410 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.