ވެކްސިނާއި ގުޅޭގޮތުން ދެއްކެވި ވާހަކައެއް ކަމަށް ބުނެ، ސަރުކާރު ދިފާއުކުރުމުގެ ބޭނުމުގައި މިހާރު ނޫހުން ހެދީ ދޮގުކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު މިހެން ވިދާޅުވެފައިވަނީ "ވެކްސިން ސިޔާސީކުރަން ދެ ނައިބުންގެ ދޮގު!" މި ހެޑްލައިންގެ ދަށުން 30 ޖެނުއަރީ 2021 ގައި ނިއުމަތުﷲ އިދުރީސް ލިޔުއްވާފައިވާ އާޓިކަލް އަކާއި ގުޅިގެންނެވެ.

އެގޮތުން، ނޫސްވެރިންގެ ބައްދަލުވުމުގައި "ކޮވިޝީލްޑް" ވެކްސިންއަކީ "އޮކްސްފޮޑް - އެސްޓްރަޒެނެކާ" ގެ ވެކްސިންގެ ފޯމިއުލާއިން އުފައްދާފައިވާ ވެކްސިނެއްކަމަށް ބުނެފައިވާނެ ކަމަށާއި އަދި އެ ވެކްސިން އުފެއްދި "ސީރަމް އިންސްޓްޓިއުޓް އޮފް އިންޑިއާ"ގެ ތަޖުރިބާގެ ވާހަކަވެސް ދައްކައި ތައުރީފްކޮށްފައިވާނެކަމަށް މުންދު ވިދާޅުވިއެވެ.

"އެތަނުގެ (ސީރަމް އިންސްޓްޓިއުޓް އޮފް އިންޑިއާ) ބޮޑުކަމާއި ހުރި ތަޖުރިބާގެ ވާހަކަ ނޫސް ކޮންފަރެންސުގައި އަޅުގަނޑު ދެއްކިން. "ކޮވިޝީލްޑް" އަކީ ގޯސް އެއްޗެކޭ އެންމެ ފަހަރަކުވެސް ނުދަންނަވަން." މިއަދު ނެރުނު ނޫސް ބަޔާނުގައި މުންދު ވިދާޅުވިއެވެ.

ވެކްސިންއަށް އެޕްރޫވަލް ލިބުމުން އެމަރޖެންސީގައި ޖަހަން ޖާއިޒު އަދި މުނާސަބު ފަރާތްތަކަށް އެ ވެކްސިން ޖަހަން ރަނގަޅުކަމަށް ނޫސް ބަޔާނުގައި މުންދު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެކަން ކުރަން ރަނގަޅީ މިވަގުތު ނޫންކަމަށް މުންދު ވަނީ ވިދާޅުވެފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެޕްރޫވަލް ލިބުމުގެ ކުރިން ވެކްސިން ޖަހަން ރަނގަޅު ނޫންކަމަށް ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

މީގެއިތުރުންވެސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެކްސިނާއި ގުޅޭގޮތުން އިތުރު މައުލޫމާތު އިއްޔެ ހާމަކޮށްފައިވާއިރު، އުންމީދަކީ ވެކްސިންއަށް އެޕްރޫވަލް އަވަހަށް ލިބުން ކަމުގައި މުންދު ވިދާޅުވިއެވެ. ހަދިޔާއަކާށް ލިބިފައިވާ އެއްޗެއް އިސްރާފު ނުވެ، މުއްދަތު ހަމަވުމުގެ ކުރިން އޭގެ ބޭނުން ހެޔޮގޮތުގައި ހިފޭނެ މަގު ތަނަވަސްވުމަކީ އުންމީދެއްކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ޓެކްސް ފައިސާއިން ހިންގާ އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން އަބަދުވެސް ރައްޔިތުންގެ ސިއްހަތު އިސްކުރާނެކަމަށްވެސް ވިދާޅުވިއެވެ.

މުންދު މިހެން ވިދާޅުވެފައިވާއިރު، ވެކްސިން އެމަރޖަންސީ ޔޫސްއަށް ބޭނުންކުރުމަށް ރާއްޖޭގެ އެފްޑީއޭއިން ވަނީ އެޕްރޫވަލް ދީފައެވެ. "ކޮވިޝީލްޑް" ވެކްސިން މިހާރު މި ސަރަހައްދުގެ ގިނަ ގައުމްތަކަކުންވަނީ ޖަހަން ފަށާފައެވެ. "ސީރަމް އިންސްޓްޓިއުޓް އޮފް އިންޑިއާ" އިން އުފައްދާ ވެކްސިންއަކީ "ކޮވެކްސް" އާއި ގުޅިގެން ފަގީރު ގައުމްތަކަށްވެސް ވެކްސިން އަވަހަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި އުފައްދަމުންދާ ވެކްސިނެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.