މުލަކު އަތޮޅު ކޮޅުފުށި ބައެއް އާއިލާތަކަށް ކެއަރ ޕެކޭޖަސް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ފަށައިފިއެވެ.

ޖެންޑަރ މިނިސްޓްރީއިން މި މަސައްކަތް ފަށާފައިވަނީ، ކޮޅުފުށި މޮނިޓަރިންގ ގެ ހާލަތަށް ގެނައުމާއި ގުޅިގެން އެރަށުގެ ނާޒުކު ޙާލަތް ތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ. އެގޮތުން، މަޢުލޫމާތު އެއްކޮށް އެ ފަރާތްތަކަށް ގުޅައި ހާލުބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޖެންޑަރ މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި، ކެއަރ ޕެކޭޭޖަސް ފޮނުވުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީއިން ވަނީ މައުލޫމާތު ދީފައެވެ. 

ޖެންޑަރ މިނިސްޓްރީއިން އަންނަނީ ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ގިނަ އާއިލާތަކަށް އެހީތެރިވަމުންނެވެ. މާލޭގައި ހާލުގައި ދިރިއުޅޭ އާއިލާތަށް ރަށްރަށަށް ބަދަލުވުމަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ އިރު، ބައެއް އާއިލާތަކަށް 3،000 ރުފިޔާގެ އެލަވެންސެއްވެސް ފޯރުކޮށްދިނުމަށް ސަރުކާރުންވަނީ ނިންމާފައެވެ.

މ.ކޮޅުފުށްޓަށް އަރާ ފޭބުން މަނާކޮށްފައި ވަނީ އެ ރަށުން މާލެ އައި މީހަކުގެ ފަރާތުން ކޮވިޑުގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުން އޭނާ ބައްޔަށް ޕޮޒިޓިވްވެފައިވާތީއެވެ. އެ ރަށް މޮނިޓަރިންގ ހާލަތަށް ލާފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.