އަދާލަތު ޕާޓީ އަށް ރައިސާއި ނައިބް ރައީސް އިންތިހާބު ކުރަން ބާއްވާ، ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ވަގުތު އިތުރުކޮށްފިއެވެ.

އެ ޕާޓީއިން ހާމަކޮށްފައިވާ ގޮތުގައި، ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 41.3 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ކުރިއަށްދާ އިންތިޚާބުގެ ވޯޓްލުމުގެ ވަގުތު 30 ޖަނަވަރީ 2021 ގެ 21:00 އާ ހަމައަށް މިހާރުވަނީ އިތުރުކޮށްފައެވެ.

އަދާލަތު ޕަޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 08:00ގައެވެ. އޮންލައިންކޮށް ބާއްވާ އިންތިހާބުގެ ވޯޓުލުން ހަވީރު 05:00 ޖަހާއިރު ނިންމާލާ ގޮތަށް ކުރިން އޮތް ނަމަވެސް، މިހާރުވަނީ މިރޭ 21:00 އަށް ވަގުތު އިތުރުކޮށްފައެވެ. އަދާލަތުން ބުނީ، މި ފަހަރުގެ އިންތިހާބުގައި ހާހެއްހާ މެމްބަރުން ވޯޓުލާނެ ކަމަށެވެ.

އަދާލަތުގެ ރައީސް ކަމުގެ މަގާމަށް ވާދަކުރައްވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.