ހެޔޮ ގޮތުގައި ގައުމެއް ހިންގުމުގެ އެންމެ މުހިންމު އެއް މުއައްސަސާއަކީ ސިޔާސީ ޕާޓީތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އަދާލަތު ޕާޓީ އަށް ރައިސާއި ނައިބް ރައީސް އިންތިހާބު ކުރަން ބާއްވާ، ރިޔާސީ އިންތިހާބު މިއަދު ކުރިއަށް ދާތީ އެކަމަށް އިޝާރާތް ކުރައްވަމުންނެވެ. އެގޮތުން، އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ދެއްވާ އެ ޕާޓީގެ ހުރިހާ މެންބަރުންނަށް ރައީސް ނަޝީދު ވަނީ މަރުހަބާ ކިޔާފައެވެ.

Adhaalath Party ge ethereyge inthikhaab gai vote dhevva e party ge huriha membarunnah marhaba. Heyo gothuga qaumeh hingumuge enme muhinmu eh muassasa akee inthizaam vegen hingaa sulhaveri siyaasee harakaiy: Siyaasee Party @AdhaalathOffice

— Mohamed Nasheed (@MohamedNasheed) January 30, 2021

\n\n","cache_age":86400}" class="medium-editor-embeds">

މީގެއިތުރުންވެސް، ގައުމެއް ހިންގުމުގައި ސިޔާސީ ޕާޓީތަކުގެ ދައުރު މުހިންމުކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ހެޔޮ ގޮތުގައި ގައުމެއް ހިންގުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް މުއައްސަސާއަކީ އިންތިޒާމުވެގެން ހިންގޭ ސުލްހަވެރި ސިޔާސީ ހަރަކާތްކަމަށެވެ.

އަދާލަތުގެ ރައީސް ކަމުގެ މަގާމަށް ވާދަކުރައްވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.