އިއްޔެ ޕީޕީއެމް/ޕީއެންސީ އިން ''އިންސާފު ކޮބާ'' ގެ ނަމުގައި މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުންގެ ފަރާތުން ދެ ނޫސްވެރިޔަކަށް އަނިޔާ ލިބުނު މައްސަލަ ބަލައިދޭން މޯލްޑިވިސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަމާއި ބެހޭ އިދާރާތަކަށް މިއަދު ގޮވާލައިފިއެވެ. 

މުޒާހަރާ ތެރެއިން އަނިޔަވެފައިވަނީ ޗެނަލް 13 ގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު ސަމާހު، އާއި އެ ޗެނަލްގެ ގެ ޑެޕިއުޓީސްޓޭޝަން މެނޭޖަރު އަދި  ނިއުސް ހެޑް، މަރިޔަމް އިސާދާ އިސްމާއީލަށެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުން މަރިޔަމް އިސާދާ އަށް އަނިޔާލިބިފައިވަނީ މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަލަ ފުލުހުން އުޅުމުގެ ތެރެއިންނެވެ. އިސާދާ އަށް އެެހީތެރިކަން ފޯރުކޮށްދޭން އެ ވަގުތު އެތަނަށް ކައިރިވި ސަމާހު މޫނަށް ފުލުހުން ވަނީ ޕެޕަ ސްޕްރޭ ޖަހާފައެވެ. 

އެމްއެމްސީން ބުނީ، މުޒާހަރާއެއް ކަވަރުކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ މަސައްކަތަށް ފުލުހުންގެ ފަރާތުން ހުރަސް އަޅައި، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ ކަމުގެ ޝަކުވާ އެ ކައުންސިލަށް  ނޫސްވެރިންނާއި މީޑިއާތަކުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަން ކުއްވެރިކޮށް ކަންބޮޑުވުން ފާޅުކުރާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ. ނޫސްވެރިންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ދިމާވާ ހުރަސްތައް ނައްތާލައި، ނޫސްވެރިކަމަށް މިނިވަން މާހައުލެއް ފަހިކޮށްދިނުމަށް މަސައްކަތްކުރުމަކީ އެމްއެމްސީގެ ގާނޫނީ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ކަމުން، ކަންހިނގާފައިވާ ގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ވަނީ ގޮވާލާފައެވެ. 

އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާ ފުލުހުން ރޫޅާލީ ބާރުގެ ބޭނުންކޮށްގެންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.