ލ. ގަމުގެ މުކުރިމަގުގެ ބަނދަރު ފުންކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަކޮށް މޯލްޑިވްސް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ން ކުރި ޓުވީޓެއްގައި ބުނީ މުކުރިމަގުގެ ބަނދަރު އަލުން ފުންކުރުމުގެ މަޝްރޫޢުގެ ދަށުން، ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށް ޢަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 5،454 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ވަންނަން އޮންނަ ނެރު އަލުން ފުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 1،938 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރެވިގެންދާނެއެވެ. މި މަޝްރޫޢަކީ 45 ދުވަހުގެތެރޭގައި ނިންމަން ކަނޑައަޅާފައިވާ މަޝްރޫޢެކެވެ.