ވީހާވެސް ކައިރިއަކުން މުޒާހަރާގެ ހަރަކާތްތައް ކަވަރުކޮށް މައުލޫމާތު ލިބިގަތުމުގެ ފުރުސަތު ނޫސްވެރިންނަށް ދިނުމަށް ނޫސްވެރިންގެ ޖަމިއްޔާ މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަނުން (އެމްޖޭއޭ) އިން މިއަދު ފުލުހުންނަށް ގޮވާއިލައިފިއެވެ. 

އެމްޖޭއޭއިން ބުނީ، އިއްޔެ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބޭއްވި ''އިންސާފު ކޮބާ'' ގެ ނަމުގައި މާލޭގައި ބޭއްވި އިހްތިޖާޖުގައި ޗެނަލް 13 ގެ ނޫސްވެރިންނަށް އަނިޔާވިކަމުގެ މައުލޫމާތު އެ ޖަމިއްޔާއާ ހިއްސާކޮށްފައިވާ ކަމަށެވެ. އެ ނޫސްވެރިޔާ އަށް އަނިޔާވެގެން އެހީވަން ދިޔަ ނޫސްވެރިއެއްގެ މޫނަށް ޕްޕޭ ސްޕްރޭ ޖެހި ކަމުގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށާއި، އެ ކަމަށް މި ޖަމިއްޔާ އިން ނުހަނު ކަންބޮޑުވާ ކަމަށް އެމްޖޭއޭއިން ބުންޏެވެ. 

މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން އިރުޝާދުތަކެއް ދިނުމާއި ނޫސްވެރިންގެ ކަންކަން ބެލުމަށް ފުލުސް މީޑިއާގެ ހާޒިރު އެތަނުގައި ބޭއްވުމަށް އެ ޖަމިއްުޔާ އިން ވަނީ އެދިފައެވެ. 

އިއްޔެގެ މުޒާހަރާ ފުލުހުން ރުޅާލާފައިވަނީ ބާރުގެ ބޭނުންކޮށްގެން ކުރިޔާލާ އެންގުމަށް ފަހުއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.