މިފަހަރުގެ ލޯކަަލް ކައުންސިލް އިންތިހާބުގައި ވޯޓު ލާން ހޭދަވާ ވަގުތު އަންދާޒާ ކުރުމަށް ބާއްވާ 'ޑަމީ' ވޯޓިންގ އިންތިހާބު ފަށައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ މި ޑަމީ އިންތިހާބުން އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އިންތިހާބު ބާއްވަން ހޭދަވާ ވަގުތު އަންދާޒާ ކުރެވޭނެ ކަމަށެވެ. އަދި މިހާރު އިންތިހާބާއި ބެހޭ މަރުކަޒުގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ދާ ކަމަށް އީސީގެ ޓްވީޓްގައިވެއެވެ.
ޑަމީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު، އެ ކޮމިޝަންގެ މުވައްޒަފުން ތިބީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ.
މިފަދަ 'ޑަމީ' އިންތިހާބުތައް ބޭއްވުމަކީ އެހެން ގައުމުތަކުގައިވެސް ކުރަމުންދާ ކަމެކެވެ.
އޭޕްރިލް މަހުގެ 10 ވަނަ ދުވަހަކީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބާއްވަން އީސީ އިން ކަނޑައަޅާފައިވާ ތާރީހެވެ. އަދި މި އިންތިހާބުގެ މަސައްކަތްތައް އިއްޔެ އެ ކޮމިޝަނުން ވަނީ ފަށާފައެވެ.