ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގެ ރާއްޖޭގެ އެންމެ ބޮޑު އެއް ހޮސްޕިޓަލް، އޭޑީކޭ ގައި ބަލި މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާ ދިނުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ. 

އޭޑީކޭ ހޮސްޕިޓަލުން މިއަދު ނެރެނު ބަޔާނެއްގައި ބުނީ، ބަލިމަޑުކަން ފެތުރެމުންދާ ނިސްބަތަށް ބެލުމަށްފަހު ތަފާތު ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ.  އަދި ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން ކަރަންޓީންގައި ބައިތިއްބަން ޖެހުމާ ގުޅިގެން ހޮސްޕިޓަލުން ދޭ ހިދުމަތްތައް ދިނުމަށް ބަދަލުތަކެއް ގެންނަން އެ ހޮސްޕިޓަލުން ވަނީ ނިންމާލާފައެވެ. 

މިއަދުން ފެށިގެން ގެނައި ބަދަލުތަކުގެ ތެރޭގައި، އޯޕީޑީ ހުރިހާ ކޮންސަލްޓޭޝަންތަކެއް އޮންލައިންކޮށް ކުރިއަށްގެންދާ ގޮތަށް ބަދަލުކުރުމާއި، އިލެކްޓިވް ސާޖަރީތައް މިވަގުތައް މެދުކަނޑާލުމުގެ އިތުރުން ބަލިމީހުން އެޑްމިޓް ކުރުން މިވަގުތަށް މެދުކަނޑާލުމާއި އެޑްމިޓްކޮށްފައިވާ ބަލިމީހުންނަން ޒިޔާރަތްކުރުން ހުއްޓާލާފައިވާ ކަމަށެވެ. 

މި ބަދަލުތަކާއެކުވެސް، އެމެޖެންސީގެ ހިދުމަތްތަކާ، އެމެޖެންސީގައި އެޑްމިޓްކޮށްގެން ދޭންޖެހޭ ހިދުމަތްތަކާއި، ޑައިގްނޯސްޓިކް ހިދުމަތްތައް ކުރިޔަށް ދާނެ ކަމަށް އޭޑީކޭ އިން ބުންޏެވެ. 

އަދި ކޮންމެހެން ދާން ޖެހޭ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިޔުމަށާއި، ހޮސްޕިޓަލަށް ދާން ޖެހިއްޖެ ހާލަތެއްގައިވެސް އެކަނި، ނުވަތަ އެހީތެރިޔެއްގެ ގޮތުގައި އެކަކަށްވުރެ ގިނަމީހުން ނުގެންދިޔުމަށް އޭޑީކޭ އިން އިލްތިމާސް ކުރެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.