ލ. ގަމުން މ. ކޮޅުފުށްޓަށް ދިޔަ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މި ދެ ކޭސްއާއި ގުޅިގެން 'ޖަޒީރާ'އަށް މައުލޫމާތު ދެއްވަމުން ގަމު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝާހީން ވިދާޅުވީ ޕޮޒިޓިވްވި ދެ މީހުންނަކީ ކޮޅުފުށިން ގަމަށް އައި ދެމީހުން ކަމަށެވެ. އަދި އެމީހުން ޕޮޒިޓިވްވި ކަމުގެ މައުލޫމާތު ލިބުނީ އަނބުރާ ކޮޅުފުއްޓަށް ފުރި ފަހުން ކަމަށެވެ. 

އެމީހުން ކޮޅުފުއްޓަށް ފުރީ ޕޮޒިޓިވް ކޭސް އެއް ފެނިގެން އެރަށް މޮނިޓަރިންއަށް ލި ދުވަހުއެވެ. އެއީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުއެވެ. 

ޝާހީން ވިދާޅުވީ އެ މީހުން ކޮވިޑަށް ޓެސްޓު ކުރީ ކޮޅުފުށީގައި ދިރިއުޅެމުންދާ ގެއިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ ކޮންޓެކްޓް ޓްރޭސިންގްގެ ތެރެއިން ފާހަގަވެގެން ކަމަށެވެ. އަދި ބަލީގެ އަލާމާތް ހުރެގެން ޑޮކްޓަރަށް ދެއްކި ކަމުގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށެވެ. 

މި ދެ ކޭސްއާއި ގުޅިގެން ގަމުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާއިރު، ކައުންސިލުން މިހާރު އިންތިޒާރު ކުރަމުންދަނީ ޓެސްޓުގެ ނަތީޖާއަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.