އަދާލަތު ޕާޓީ އަށް ރައިސާއި ނައިބް ރައީސް އިންތިހާބު ކުރަން ބާއްވާ، ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިގެން މިހާރު ކުރިޔަށް އެބަދެއެވެ. 

ވޯޓުލުން ފަށައިފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ. އޮންލައިންކޮށް ބާއްވާ އިންތިހާބުގެ ވޯޓުލުން ކުރިޔަށްދާނީ ހަވިރު ފަހެއް ޖަހަންދެނެވެ. އަދާލަތުން ބުނީ، މި ފަހަރުގެ އިންތިހާބުގައި ހާހެއްހާ މެމްބަރުން ވޯޓުލާނެ ކަމަށެވެ. 

އަދާލަތުގެ ރައީސް ކަމުގެ މަގާމަށް ވާދަކުރައްވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. އިންތިހާބުގައި ވޯޓުލެއްވުމަށް ފަހު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި، ކުރިޔަށް އޮތް ފަސް އަހަރަށް ޕާޓީ ހިންގުމުގެ ޒިންމާ ހަވާލުކުރާނެ މީހަކު ކަނޑައެޅުމުގައި ބައިވެރިވެ ވޯޓުލުމަކީ މުހިއްމު ކަމެއް ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.