އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ އިޒްރާއީލްގެ އެމްބަސީ ކައިރީގައި އެއްޗެއް ގޮއްވާލައިފިއެވެ.
އެ ސިޓީގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ގޮއްވާލާފައިވަނީ ވަރަށް ބާރު ކުޑަ އައިޑީއެކެވެ. އަދި މި ގޮވުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށާއި ގެއްލުން ވެފައިވަނީ ހަމައެކަނި ތިން ކާރަކަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިތާހަނަށް ކުރެވުނު ތަހުގީގުން މިއީ އެހެން މަންފާއެއް ހާސިލްކުރުމަށް ކުރި ކަމެއްގެ ގޮތުގައި ސިފަވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން އިންޑިއާގެ ފޮރިން މިނިސްޓަރު ވަނީ އިޒްރާއީލްގެ ފޮރިން މިނިސްޓަރާއި މަޝްވަރާކުރައްވާފައެވެ. އަދި ކުރެއްވި ޓްވީޓެއްގައި ވަނީ މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި އިޒްރާއީލްގެ އެމްބަސީ އާއި ޑިޕްލޮމެޓުންނަށް ފުރިހަމަ ހިމާޔަތް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވިއެވެ.
މީގެކުރިން، 2012 ވަނަ އަހަރު ވެސް އިޒްރާއީލްގެ ޑިޕްލޮމެޓުންނަށް އަމާޒުކޮށް އިންޑިއާގައި ހަމަލާ ދީފައިވެއެެވެ.