އޮކްސްފޯޑް އަދި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޑް 19 ވެކްސިންއަށް ޔޫރަޕިއަން ޔޫނިއަންގެ ޑްރަގް ރެގިއުލޭޓަރުން ހުއްދަ ދީފިއެވެ. 

ޔޫރަޕުގެ ގައުމުތަކުގައ މި ވެކްސިން ޖެހުމަށް ހުއްދަ ދީފައިވަނީ 18 އަހަރުން މަތީގެ މީހުންނަށެވެ. ޔޫރަޕުގެ ގިނަ ގައުމުތަކަކުން މި ވެކްސިން ހޯދުމަށް އޯޑަރު ކޮށްފައިވާއިރު ބޭނުންވާ މިންވަރަށް ވެކްސިން ފޯރުކޮށްނުދެވިދާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. އެއީ އެ ކުންފުނީގެ ކާރުޚާނާއަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. 

އީޔޫއިން ވަކިވެފައިވާ އިނގިރޭސިވިލާތުގައި މި ވެކްސިން މިހާރު ވެސް ދެމުން އަންނައިރު އެތައް މިލިއަން މީހުންނަށް އެގައުމުގައި ވަނީ މި ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. 

މި ވެކްސިންއަކީ ކޮވިޑާއި ދެކޮޅަށް ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ވެކްސިންއެއް ކަމަށް ޓެސްޓްތަކުން ދައްކައެވެ. އެހެން ނަމަވެސް 65 އަހަރުން މަތީގެ މީހުންނަށް މި ވެކްސިންގެ އަސަރު ފުރިހަމައަށް ކުރާނެ ކަމާމެދު ސުވާލުތަކެއް އުފެދިފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.