އައްޑޫ ސިޓީ ލިންކް ރޯޑްގައި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ އެ ސިޓީގައި އަލަށް އިމާރާތްކުރަމުންދާ ޕޮލިސް ޓްރެއިނިންގ ސްކޫލް ކައިރިންނެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ގަމުން ހިތަދޫއަށް ދުއްވާފައި ދިޔަ ބައިސްކަލަކާއި ސައިކަލެއް ޖެހުނު ވަގުތު ގަމުން ހިތަދޫއަށް ދުއްވާފައި ދިޔަ ކާރެއްގައި ޖެހިގެން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. ފުލުހުންނަށް މި އެކްސިޑެންޓްގެ މައުލޫމާތު ލިބިފައިވަނީ މިރޭ 18:37 ހާއިރުއެވެ.
މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާއަށާއި ބައިސްކަލް ދުއްވަން އިން މީހާއަށް އަނިޔާވެ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.
ދޭތެރެ ދޭތެރެއިން އައްޑޫ ސިޓީ ލިންކް ރޯޑްގައި އެކްސިޑެންޓްތައް ހިނގައި އެކި ވަރުގެ އަނިޔާތައް މީހުންނަށް ލިބެއެވެ.