މާލޭ ސިޓީގެ މާލޭގެ ޕާކްތައް ހުޅުވާ ގަޑިތަކަށް ބަދަލުގެނެސް ހަފްލާތަކާ، ޕާޓީތަކާ، ރަސްމިއްޔާތުތަކަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ. 

މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އަލަށް އިޢުލާންކުރި މިންގަނޑުތަކާ ގުޅިގެން މާލޭ ސިޓީގެ މާލޭގެ ޕާކްތައް ހުޅުވާ ގަޑިތަކަށް ބަދަލުގެނެސްފައިވާކަމަށެވެ. އެގޮތުން މިބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ 30 ޖެނެވަރީ 2021 ވަނަ ދުވަހުން ފެށިގެންނެވެ.

ކައުންސިލްގެ އިދާރާއިން ހަމަޖައްސާފައިވާގޮތުން މާދަމައިން ފެށިގެން ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކް ހުޅުވާނީ ފަތިހު 5:00 ހެނދުނު 8:00 އަށެވެ. އަދި ހަވީރު 5:00 އިން ހެނދުނު 8:00 އަށެވެ.

ކުރިން ހަމަޖެހިފައިވާ ގޮތުން މި ދެޕާކް ހުޅުވަނީ ފަތިހު 4:30 ފެށިގެން ހެނދުނު 9:30 އަށެވެ. އަދި ހަވީރު 4:30 އިން ފެށިގެންރޭގަނޑު 9:30 އަށެވެ.

މީގެ އިތުރުން މާލޭ ސިޓީގައި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށް އެޗް.ޕީ.އޭއިން ނިންމާފައި ވުމާއެކު އެކަންކަން މާލޭ ސިޓީގައި ވަނީ ހުއްޓާލެވިފައެވެ. އެހެންކަމުން އެޗް.ޕީ.އޭ.އިން އިތުރު ގޮތަކަށް ހަމަޖައްސަވަންދެން ސަލްޓަން ޕާކާއި، ލޮނުޒިޔާރަތް ޕާކްގައި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުމަށް ދޫނުކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ކުރިންބުކިންގް ހަދާފައިވާ ފަރާތްތަކުގެ ބުކިންގް ކެންސަލްކުރިކަން މާލޭ ސިތީ ކައުންސިލްގެ އިދާރާއިން އަންގަމުންދާނެކަމަށް އެ އިދާރާއިން ބުންޏެވެ. 

ކައުންސިލުން ބުނިގޮތުގައި ޕާކްތަށް ހުޅުވައި ޚިދުމަތްދެމުން ގެންދާނީ އެޗް.ޕީ.އޭ.ގެ މިންގަނޑުތަކާ އެއްގޮތަށެވެ. އެގޮތުން އެއްފަހަރާ ވަދެވޭނެ މީހުންގެ ޢަދަދުހަމަވުމުން އިތުރު ބަޔަކު ނިކުންނަންދެން މީހުން ވެއްދުން ހުއްޓާލެވޭނެއެވެ. އަދި ވަންނަ ފަރާތްތަކުގެ ހުން ހުރިތޯ ބަލައި އަތްދޮވުމަށް އެންގޭނެކަމަށް ކައުންސިލުން ބުންޏެވެ. ޕާކަށް ވަންނަން ޖެހޭނީ މަސްކު އަޅައިގެންނެވެ. އަދި ޕާކްތެރޭގައި އުޅޭއިރު އިޖްތިމާޢި ގައިދުރުކަމުގެ މިންގަނޑުހިފަހައްޓަންޖެހެ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.