އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވި މެޗުގައި އެޓީމުގެ ކެޕްޓަން ހެރީ ކޭންއަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ. 

މި މެޗުން ޓޮޓެންހަމް ބަލިވީ 3-1 ގެ ނަތީޖާއަކުން ކަމަށްވާއިރު އަނިޔާވެ ކޭންއަށް ދެވަނަ ހާފުގައި ކުޅެވިފައެއް ނުވެއެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ އެރިކް ލަމޭލާއެވެ. 

މި މެޗުގައި ކޭންއަށް އެންމެ ފުރަތަމަ އަނިޔާވީ އޭނާއަށް ތިއާގޯ އަލްކަންޓާރާ ކުރި ޓެކަލްއަކާ ގުޅިގެންނެވެ. އެފަހަރު އަނިޔާވީ އޭނާގެ ކަނާތު ފައިގެ ތަނބިކައްޓަށެވެ. އަދި ދެވަނަ ފަހަރު ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ކުރި ޓެކަލްއަކުން އޭނާގެ ވާތު ފައިގެ ތަނބިކައްޓަށް އަނިޔާވެ ފަރުވާ ވެސް ހޯދާފައިވެއެވެ. 

މެޗު ނިމުމަށްފަހު ވާހަކަ ދައްކަމުން ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އޭނާ ދަނޑުން ފައިބަން ޖެހުނީ ދެވަނަ އަނިޔާއާ ގުޅިގެން ކަމަށާއި ބައެއް ކުޅުންތެރިންނަކީ ރިޕްލޭސް ކުރެވޭނެ ކުޅުންތެރިން ނޫން ކަމަށެވެ. 

ފާއިތުވެދިޔަ ސީޒަންތަކުގައި އެކިއެކި އަނިޔާތަކުގެ ސަބަބުން ކޭންއަށް ގިނަ މެޗުތަކެއް ގެއްލިފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.