ނުރައްކާތެރި ކުންޏާއި ކެމިކަލްސް މެނޭޖުކުރާ ސިސްޓަމެއް ތަރައްގީކުރުމުގެ ފީސިބިލިޓީ ސްޓަޑީއެއް ހެދުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަމަށް ކުރިމަތިލުމުގެ ފުރުސަތު އެންވަޔަރަމެންޓް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިއީ ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ 'އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް' ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ވަނީ، ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ގާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝާ، ދާއިރާއިންކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ކުންފުނީގެ ފަރާތުން ޕްރޮޖެކްޓްގައި ބައިވެރިވާ ފަރާތްތަކުގެ އަދަދާއި ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު) ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީ ގައި ރަޖިސްޓްރީ ކުރަން ޖެހެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން އަންނަ މަހުގެ ހަތެއް ވާ އާދިއްތަ ދުވަހުގެ 12:00 އާއި ދެމެދު މިނިސްޓްރީގެ އީ-މެއިލް ކޮށްގެންނެވެ. 

ޕްރީބިޑް ބައްދަލުވުން އޮންނާނީ ފެބްރުއަރީ 14  ވާ އާދިއްތަ ދުވަހު 11:00 ގައި އޮންލައިން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. މި ކޮންފަރެންސްގައި ބައިވެރިވާން ބޭނުންވާ ލިންކް ފޮނުވޭނީ އީމެއިލް މެދުވެރިކޮށް ރެޖިސްޓާވާ ފަރާތްތަކަށް އީމެއިލް ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. 

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދިގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވނެ ކަމަށާއި، ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަންވާނެ ކަމަށް އިއުލާނުގައި ބުންޏެވެ. 

ބީލަން ހުށަހަޅަން ޖެހެނީ ފެބްރުއަރީ މަހުގެ 28  ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން މިނިސްޓްރީ އަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަ އަނބުރާ ރައްދު ކުރެވޭނެ ކަމަށާއި، ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުގެ 11:00 ގައ ކަމަށް މިނިސްޓްރީން ބުންޏެވެ.  

ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ [email protected] މެއިލް ކުރަން މިނިސްޓްރީން އެދެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.