ސަރުކާރު ކޯލިޝަން ގައި ހިމެނޭ އަދާލަތު ޕާޓީގެ މަގާމުތަކަށް އަންހެނުން ކުރިމަތިލެވޭ ގޮތަށް ނިންމައި އަސާސީ ގަވާއިދަށް ގެނައި ބަދަލުތަކަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ތާއިދުކޮށްފިއެވެ. 

އީސީން އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ބުނީ، އަދާލަތު ޕާޓީގެ އިސްލަހު ގެނުވުނު ދުސްތޫރް ކޮމިޝަނުން ބޭއްވި 33 ވަނަ ކުއްލި ޖަލްސާއިން ފާސްކޮށް އެންޑޯޒް ކޮށްފައިވާ ކަމަށެވެ. 

އަދާލަތުގެ ރިޔާސީ އިންތިހާބަށް ހުޅުވާލިއިރު ޕާޓީގެ ރައީސްކަމަށް އަންހެނުންނަށް ކުރިމަތިނުލެވޭ ގޮތަށް އޮތުމުން ޝޯޝަލް މިޑީއާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ. އެ ފާޑުކިޔުންތަކާއި އެކު ހުރިހާ ދާއިރާއަކަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އަސާސީ ގަވާއިދު އިސްލާހްކޮށް، އަލުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއެވެ. 

އިސްލާހް ހުށަހެޅުއްވީ ޕާޓީގެ މިހާރުގެ ރައީސް އިމްރާން އަބްދުﷲ އެވެ. އިމްރާން ވިދާޅުވެފައިވަ ވަނީ އަދާލަތު ޕާޓީގެ ރައީސްގެ ކިބާގައި ހުރުން ލާޒިމު ޝަރުތުތަކުގެ ތެރޭގައި ފިރިހެނަކަށްވުން ހިމަނާފައި އޮތީ ދީނުގައި ލާޒިމު ކަމަކަށް ނުވިޔަސް، ޕާޓީ އުފެދުނުއިރު ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި މީޙުން ބޭނުންވީ އެގޮތަށް ކަމަށް ޕާޓީގެ ލީޑާޝިޕްގައި އޭރު ތިއްބެވި ބޭފުޅުންނަށް ފެނިވަޑައިގަތުމުން ކަމަށެވެ. 

އަދާލަތުގެ ރިޔާސީ އިންތިހާބު އޮންނާނީ އާދިއްތަ ދުވަހުއެވެ. ރައީސް ކަމުގެ މަގާމަށް ވާދަކުރައްވަނީ އިމްރާންގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.