ފަންނާނުންގެ ކަންބޮޑުވުންތައް މެއިލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ނޭޝަނަލް ސެންޓަރ ފޯ އަރޓްސްއިން ބުނީ ފަންނާނުންގެ ކަންބޮޑުވުންތަކާއި، ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކާއި، ޝަކުވާތައް އީމެއިލް މެދުވެރިކޮށް ހިއްސާކުރެވޭނެކަމަށެވެ. އަދި އެ ސެންޓަރާއި ހިއްސާކުރަން ބޭނުންވާ ގޮންޖެހުންތަކާއި، ޝަކުވާތައް [email protected] މެދުވެރިކޮށް ހުށަހެޅުއްވުމަށް ވަނީ އެދިފަ އެވެ. 

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ނަމުގައި ވަކި މިނިސްޓްރީއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން އުފައްދަވަ، މިނިސްޓަރ ޔުމްނާ މައުމޫންގެ ބެއްލެވުމުގެ ދަށުން ގެންދަވަނީ ފަންނާނުންގެ ހުުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކަމާއިގުޅޭ ޤާނޫނުތައް އެކުލަވާލުމާއި، ފަންނާނުންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް މަޝްވަރާތައްކޮށް، އެކަންކަން ހައްލުކުރުމަށް މިނިސްޓްރީން މަސައްކަތް ކުރެ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.