މިފްކޯގެ ހާލަތު ރަނގަޅުކުރުމަށް، ގދ. ތިނަދޫގައި ކޯލްޑް ސްޓޯރޭޖެއް އެޅުމަށް ނިންމައި، މަޝްވަރާތައް ފަށައިފި އެވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ބުނީ މިފްކޯގެ މަސްކިރުމުގެ ހާލަތު ރަނގަޅުކުރުމުގެ އަމަލީ މަސައްކަތުގެ ތެރެއިން ގދ. ތިނަދޫގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އެޅުމައް ނިންމައިފައިވާކަމަށެވެ. އަދި ބުރާސްފަތި ދުވަހު އެ ސްޓޯރޭޖް އެޅުމަށް ދޫކުރާބިމާ ބެހޭ ބައްދަލުވުން ތިނަދޫ ކައުންސިލާއި ފިޝަރީޒް މިންސްޓަރ ޒަހާ ވަހީދު އަދި މިފްކޯގެ ވެރިންނާއެކު ކުރިއަށް ގެންދެވުނު ކަމަށެވެ.
އޭގެއިތުރުން ގދ. ތިނަދޫ މަސް ގަންނަ ސެންޓަރު ތަޢާރަފް ކުރުމުގެ ރަސްމީޔާތު ކުރިއަށްގެންގޮސް މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވާފައިވެއެވެ.
އައު ސަރުކާރުން އަންނަނީ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމުގެ ގޮތުން، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކަމަށް ދާއިމީ ހައްލެއް ލިބޭނީ މިފްކޯގެ ވަސީލަތްތަކާއި، މިފްކޯގެ ފެންވަރު ރަނގަޅުކޮށްގެންކަމަށް ހާމަކުުރުމަށްފަހު، މީގެ އެތަކެއް އަހަރުތަކެއް ކުރިން ބޭނުންކުރަމުން އަންނަނީ މިފްކޯގެ ވަސީލަތްތައް އަޕްގްރޭޑްކުުރމުގެ މަސައްކަތް އަންނަނި ކުރިއަށްގެންދަމުންނެވެ.