ދޯންޏެއްގެ އިންޖީނުގައި ރޯވެ، އޮޔާދަނިކޮށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކޯސްޓްގާޑް އިން ސަލާމަތްކޮށްފި އެވެ.
އެމްއެންޑީއެފްގެ ތަރުޖަމާން، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ގދ. އަމިރި ހޮވައްޑަ މޯލްޑްވިސް އިން ފުރައިގެން މާލެއަށް ދަތުރުކުރި "ހިބަރު" ނަމަކަށް ކިޔާ ސަޕްލައި ދޯނީގެ އިންޖީނު ރޫމްގައި އަލިފާން ރޯވެފައިވާކަމަށެވެ. އަދި އިންޖީން ހުއްޓި އޮޔާދާކަމުގެ ރިޕޯޓް 10:30 ހާއިރު ލިބުމުން އެމްއެންޑީއެފްގެ ސެންޓަރަލް ކޯސްޓަގާޑް ސްކޮޑްރައިން އިން ހަރަކާތްތެރިވެފައިވާކަމަށެވެ.
އާޒިމް ވިދާޅުވި ގޮތުގައި އެ ދޯނީގައި 6 މީހުން ތިބި އެވެ. އެއީ 2 ދިވެހިންނާއި 4 ބިދޭސީންނެވެ. އަދި މި ހާދިސާގައި އެއްވެސް މިހާކަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
އާޒިމް ވިދާޅުވި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ލާމު އަތޮޅު ދެކުނު 38 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.