ދިވެހިރާއްޖޭގައި ކޮވިޑްގެ އިތުރު ވޭރިއެންޓްއެއް އުޅުން އެކަށީގެންވާ ކަމަށާއި ޓެސްޓްތައް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ މިގޮތަށް ވިދާޅުވީ މިރޭ އެޗްއީއޯސީއިން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެގޮތުން، ކޮވިޑް-19 ރާއްޖޭގައި މިހާރު ހަލުވި ކަމާއެކު ފެތުރެނީ އިނގިރޭސިވިލާތުން ފެނުނު ފަދަ ވޭރިއެންޓެއްގެ ސަބަބުންތޯ ނޫސްވެރިއަކު އެހުމުން ޑރ.ނަޒްލާ ވިދާޅުވީ، ރާއްޖޭގައި އިތުރު ވޭރިއަންޓްސް އުޅުން އެކަށީގެންވާ ކަމަށެވެ.

ދިވެހިރާއްޖެއިން ބޭރުން އަންނަ ހުރިހާ ފަރާތްތަކުން ކަރަންޓީނު ވާންޖެހޭ ގޮތަށް ކަނޑައެޅި މައިގަނޑު އެއް ސަބަބަކީވެސް އެއީކަމަށާއި އެހެންކަމުން އެފަދަ ވޭރިއަންޓް ރާއްޖޭއިން ފެނުމުގެ ފުރުސަތު އެބައޮތްކަމަށެވެ. މިކަމާއި ގުޅިގެން ހަދަންޖެހޭ ޖެނެޓިކް
ޓެސްޓިންގއަށް ސާމްޕަލް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން މިހާރު ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން މަތީގައި އުޅޭތާ ފަސް ދުވަސް ވެއްޖެއެވެ. މިކަމާއި ގުޅިގެން މިހާރު މާލެ ސަރަހައްދުގައި ރޭގަނޑު 12 އިން ފަތިހު 4 އަށް ކަރފިއު އިއުލާންކޮށްފައިވާއިރު، އިތުރު ވަމުންދާކަމުގައި
ވާނަމަ މިޔަށްވުރެ އިތުރު ފިޔަވަޅު އެޅުމަށްވެސް މަޖުބޫރުވާނެކަމަށް ޑރ. ނަޒްލާވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް، ބޭނުންވަނީ ރެސްޓްރިކްޝަންސް
ވީހާވެސް މަދުކޮށް ބާއްވައިގެން ކޭސްތައް މަދުކުރަން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ކޮންމެ ފަހަރަކުވެސް ލުއި ދެނީ ގައިޑްލައިންތައް
ތައްޔާރުކުރެވި މައުލޫމާތުތައް ފޯރުކޮށްދީފައި ކަމަށާއި، އެ ގައިޑްލައިންތަކާއި
އެއްގޮތަށް ގިނަ ބޭފުޅުން އަމަލުކުރާނަމަ ކޭސް މިހާ އަވަހަށް އިތުރުނުވާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.