މިއަދު 106 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 15،496 އަށް އަރައިފިއެވެ. 

މިއީ ޖެހިޖެހިގެން ކޮވިޑަށް 100 އިން މަތިން މީހުން ޕޮޒިޓިވްވި ފަސް ވަނަ ދުވަހެވެ.

އާދިއްތަ ދުވަހު ވަނީ ދެ މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ފުރަތަމަ ފަހަރަށް ދުވާލެއްގެ މައްޗަށް ރިޕޯޓްކުރެވުނު ކޭސްތަކުގެ އަދަދު 100 އަށް މައްޗަށް ގޮސްފަ އެވެ. އެއަށްފަހު ހޯމަ އަދި އަންގާރަ ދުވަހު ވެސް އެ އަދަދު ހުރީ 100 އިން މަތީގަ އެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން މާލެ ސަރަހައްދުން އެކަނި ވެސް 93 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ރަށްރަށުން 4 މީހުން އަދި ރިސޯޓުތަކުން 8 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިންވެސް އެކަކު ވަނީ ޕޮޒިޓިވްވެފައެވެ. ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،292 ސާމްޕަލް ނަގައި، ޓެސްޓުކޮށްފައިވެއެވެ.

މައުލޫމާތުތައް ދައްކާގޮތުން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދުތައްވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރު 116 މީހަކު އެދުމަތިކޮށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ ޖުމްލައަކީ 1،410 އެވެ.

ކޮވިޑްގެ އަދަދުތައް އަނެއްކާ ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު ދީފައިވާ ބައެއް ލުއިތައް އަނބުރާ ގެނެސް ފިޔަވަޅުތައް ހަރުކަށިކުރަން ވަނީ ފަށާފައެވެ. އެގޮތުން މިހާރުވަނީ މާލެ ސަރަހައްދުގައި ރޭގަނޑު 12 އިން ފަތިހު 4 އަކަށް ކަރފިއު އިއުލާންކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.