އަފްޢާނިސްތާނުގައި ތާލިބާނުން އެކުލަވާލި ވަގުތީ ސަރުކާރަށް ޗައިނާއިން މަރުހަބާ ކިޔައިފިއެވެ.

އަންގާރަ ދުވަހު ތާލިބާނުން އައު ސަރުކާރެއް އެކުލަވާލައި އިއުލާންކޮށްފައިވާއިރު މި ސަރުކާރުގެ އެއްވެސް މަގާމެއް އަންހެނަކު ނުފުރާނެއެވެ. އަދި މަގާމުތަކަށް އައްޔަނުކޮށްފައިވަނީ ތާލިބާނުންގެ އިސް މީހުންނެވެ. އެ ގައުމުގެ ވަގުތީ ބޮޑުވަޒީރަކަށް އައްޔަނުކޮށްފައިވަނީ މުއްލާ މުހައްމަދު ހަސަންއެވެ. އަދި ޑެޕިއުޓީ ބޮޑުވަޒީރަކަށް އައްޔަނުކޮށްފައިވަނީ އެ ގްރޫޕްގެ ކޯފައުންޑަރެއް ކަމަށްވާ އަބްދުލްޢަނީ ބަރްދާރުއެވެ.

އިންޓީރިއަރ މިނިސްޓަރެއްގެ ގޮތުގައި އައްޔަނުކޮށްފައިވަނީ އެމެރިކާއިން ޓެރަރިސްޓް ގްރޫޕެއް ކަމަށް ކަނޑައަޅާފައިވާ ހައްގާނީ ނެޓްވޯކްގެ ބޮޑެއް ކަމަށްވާ ސިރާޖުއްދީން ހައްގާނީއެވެ. އޭނާއަކީ އެފްބީއައިގެ މޯސްޓް ވޯންޓެޑް ލިސްޓްގައި ހިމެނޭ މީހެކެވެ.

އަފްޢާނިސްތާނުގައި ތާލިބާނުން އެކުލަވާލި ސަރުކާރަށް ޗައިނާއިން މަރުހަބާ ކިޔާފައިވާއިރު ޗައިނާއިން ވަނީ އަފްޢާނިސްތާނުގައި ސުލްހަ ގާއިމްކުރުމަށް ވެސް ގޮވާލާފައެވެ. ގައުމު އަލުން އާރާސްތުކޮށް ގައުމުގައި ހަމަޖެހުން ގާއިމްކުރުމަށް އައު ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ދެކޭ ކަމަށް ވެސް ޗައިނާއިން ވަނީ ބުނެފައެވެ. ޗައިނާއިން ވަނީ ތާލިބާނުންނާއެކު ގުޅުން ބަދަހިކުރުމަށް ބޭނުންވާ ކަމަށް ވެސް ހާމަކޮށްފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން މި ވަގުތީ ސަރުކާރު ބަލައިގަތްކަމަށް ހާމަކޮށްފައެއް ނުވެއެވެ. ގިނަ ގައުމުތަކުން މަޑުކުރަމުންދަނީ އެހެން ގައުމުތަކުން އަމަލުކުރާ ގޮތް ބެލުމަށެވެ. އެމެރިކާއިން ވަނީ ކެބިނެޓަށް އައްޔަނުކުރި ބައެއް ފަރާތްތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިއީ ވަގުތީ ސަރުކާރެއް ކަމަށް ތާލިބާނުން ބުނެފައިވާ ކަމަށާއި އެހެންކަމުން ބަލާނީ އެ ޖަމާއަތުން ދައްކާ ވާހަކައަށްވުރެ ބޮޑަށް އަމަލުތަކަށް ކަމަށް އެމެރިކާއިން ހާމަކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *