"ސްކިލްސް ފޮރ އަ ރެޒިލިއެންޓް ވޯރކްފޯރސް" ޕްރޮގްރާމުގެ ގެ
ދަށުން ހިންގަން ހަމަޖައްސާފައިވާ ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ 12 ކޯހެއް ހިންގައިދޭނެ އިންސްޓިޓިއުޓްތައް ހޯދަން ކުރި އިއުލާނާއި ގުޅިގެން 05 ފަރާތަކުން ބިޑު ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެފިއެވެ. 

ދިވެހި ސަރުކާރުން ވާރލްޑް ބޭންކުގެ އެހީއާއެކު ތަންފީޒުކުރާ "މީރީ
ޕްރޮޖެކްޓް" ގެ އެހީތެރިކަމާއި އެކު ކުރިއަށްގެންދާ "ސްކިލްސް ފޮރ އަ ރެޒިލިއެންޓް ވޯރކްފޯރސް" ޕްރޮގްރާމުގެ ދަށުން ޓުއަރިޒަމާއި
ޓުއަރިޒަމާ ގުޅުންހުރި އިމާރާތްކުރުމާއި އައި ސީ ޓީ އާއި އަދި އެ ޓްރެއިނިންގ ނީޑް
އެނަލިސިސްގައި ފާހަގަ ކޮށްފައިހުރި އެހެނިހެން ދާއިރާތަކުން ލެވެލް 3 (ތިނެއް) ގެ
ކޯސްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމާއި ގުޅިގެން ހުޅުވާލި ފުރުސަތުގައި ހުށަހެޅި ބިޑުތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހޯދާ ފަރާތަށް އިސްކަން ލިބޭގޮތަށް
ތަރުތީބުކޮށް، އެ ތަރުތީބުން ކޮންމެ ފަރާތަކާ ފުރަތަމަ އެއް ކޯސް ޙަވާލުކުރާ ގޮތަށް ނިންމާފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަނުން ވަނީ ބުނެފައެވެ. ހަވާލުނުކުރެވި އިތުރު ކޯސްތައް ހުރި ނަމަ، އެ ކޯސްތައްވެސް ކުރިން
ތަރުތީބުކުރި ފަދައިން އަލުން ތަރުތީބުކޮށް މަތިން ޕޮއިންޓު ލިބުނު ތަރުތީބުން
އިތުރު ކޯހެއް ހަވާލުކުރާނެ ކަމަށާއި މިއީ ވީހާވެސް ގިނަ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށް ހަޔަރ އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

"ސްކިލްސް ފޮރ އަ ރެޒިލިއެންޓް ވޯރކްފޯރސް" ޕްރޮގްރާމަކީ ކޮވިޑުގެ ހާލަތުން ދިވެހިރާއްޖެ އަރައިގަނެ އިގުތިސާދު އަލުން ނެގެހެއްޓުމަށް މަސައްކަތްކުރަމުންދާ ހިނދު އެކިއެކި ސިނާއަތްތަކަށް ބޭނުންވާނެ ދިވެހީން ތަމްރީނުކުރުމަށް ދިވެހި ސަރުކާރުގެ އިސްނެންގެވުމުގެ މަތިން ފެށި ޚާއްސަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން ފަންނީ އަދި ހުނަރުވެރި މަސައްކަތްތެރިކަމުގެ އެކިއެކި ދާއިރާތަކުން 1200 މީހުން ތަމްރީނު ކުރުމަށްވަނީ ނިންމާފައެވެ. މީގެތެރޭގައި ޓުއަރިޒަމް ދާއިރާއިން 600 ޒުވާނުންނާއި އައި ސީ ޓީ ދާއިރާއިން 200 ޒުވާނުންނާއި ޓުއަރިޒަމާ ގުޅުންހުރި އިމާރާތްކުރުމުގެ ދާއިރާއިން 400 ޒުވާނުން ތަމްރީން ކުރާނެއެވެ. ތަމްރީނުކުރާ ޒުވާނުންގެ ތެރެއިން 33 އިންސައްތަ ހިއްސާކުރާނީ އަންހެނުނަކަމަށްވެސް ހަޔަރ އެޑިއުކޭޝަނުންވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.