ހެލްތު ޕްރޮޓެކްޝަން އެޖެންސީ (ޢެޗްޕީއޭ) ގައިޑްލައިންތަކާއި ގުޅިގެން މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފަށައި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއަށް ހަމައެކަނި ދައުވަތު އަރުވާނީ ވަޒީރުންނާއި، ސަފީރުންނަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
މިއަހަރަށް މަޖިލިސް ހުޅުވާ ޖަލްސާ އޮތީ، އަންނަ ހަފްތާ ބުރާސްފަތި ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 20211 (27 ޖަނަވަރީ 2021)ގެ އިޢުލާނާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ދައުވަތު އެރުވުނު ބޭފުޅުންގެ އަދަދު މަދުކުރަން ޖެހިފައިވާކަމަށެވެ. މި ޖަލްސާއަށް މިހާރު ދައުވަތުއެރުވިފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރާއްޖޭގައި ތިއްބަވާ ބޭރު ދައުލަތްތަކުގެ ސަފީރުންހައިކޮމިޝަނަރުންނަށް ކަމަށް އެ އިއުލާންގައިވެއެވެ.
އެހެންކަމުން، މި ދެންނެވި ބޭފުޅުން ފިޔަވައި އެހެން ބޭފުޅުންނަށް އެރުވިފައިވާ ދައުވަތު މިހާރު ކެންސަލްކުރެވިފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.