އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ޕީއެންސީގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީޕީއެމްގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ފުލުހުންގެ ހައްޔަރުން މިއަދު ދޫކޮށްލައިފިއެވެ.

އިދިކޮޅުގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ޝުޖާއު އާއި އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިންއާ ދެކޮޅަށް އިއްޔެ ކުރި އިހުތިޖާޖުގެ ތެރެއިންނެވެ. އެއަށް ފަހު ރޭ ދޫނިދޫ ބަންދުގައި ބޭތިއްބުމަށް ފަހު މިއަދު ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓުން ގެންދިޔުމުން އެ ކޯޓުން ވަނީ ޝަރުތުތަކަކާއި އެކު އިދިކޮޅުގެ ލީޑާޝިޕް ގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުން ދޫކޮށްލަން އަމުރުކޮށްފައެވެ.

އެއީ މާލެ ސަރަހައްދުން ބޭރަށްދާނަމަ ފުލުހުންގެ ހުއްދަ ލިޔުމަކުން ހޯދުމަށާއި، ތަހުގީގަށް އެއްބާރުލުން ދިނުމަށާއި، ފުލުހުން އަންގާ ގަޑިއާ ތާރީހަށް ހާޒިރުވުމުގެ އިތުރުން މިހާރު ގެންގުޅޭ ނަންބަރާއި އެޑްރެސް ބަދަލުވެއްޖެނަމަ ފުލުހުންނަށް އެންގުން ޝަރުތު މުއްދަތު 30 ދުވަސް ކަމަށް ކަނޑައެޅުމަށް ފަހުއެވެ. 

އިދިކޮޅުގެ ސީދާ ހަރަކާތްތައް ފުޅާކުރުމުގެ ގޮތުން މާދަމާ ރާއްޖޭގެ ހުރިހާ ރަށެއްގައި މުޒާހަރާ ބާއްވަން ވަނީ ނިންމާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.