ދިވެހިރާއްޖޭގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ބިދޭސީން ހިންގާ ޖަރީމާތައް ބެލުމުގެ އިހްތިސާސް ދިވެހި ކޯޓުތަކުން ނިގުޅައިގަތުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ލިބިގެން ނުވާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑރ. ޑީޑީ) މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. ޑީޑީ އެހެން ވިދާޅުވީ، ހުޅުމާލޭ މިސްކިތެއްގައި ނަމާދު ކުރަން ހުރި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން އިންޑިއާ މީހާގެ މައްޗަށް ޖިނާއީ ދައުވާއެއް ނުކޮށް، ޑީޕޯޓުކޮށްލަން ޕީޖީއިން ނިންމި ނިންމުމާއި ގުޅޭ އާޓިކަލް އެއް ޓްވިޓާގައި ޝެއަރކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. އެ މީހާގެ މައްޗަށް ޖިނާއީ ދައުވާ ނުކުރަން ނިންމީ މަސްލަހަތަށް ބެލުމަށް ފަހު ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. 

ޑީޑީ ވިދާޅުވީ، ޑީޕޯޓްކުރުމުގެ ނަމުގައި މުޖްތަމަޢަށް ހިޔާނަތްތެރިވުމަކީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށެވެ. 

''ދ.ރާއްޖޭގެ ޖުރިސްޑިކްޝަން ހިނގާ ސަރަޙައްދުގައި ބިދޭސީން ހިންގާ ޖަރީމާތައް ބެލުމުގެ އިޚްތިޞާޞް ދިވެހި ކޯޓުތަކުން ނިގުޅައިގަތުމުގެ ބާރު ޕީޖީ އަކަށް ލިބިގެން ނުވޭ.'' ކުރީގެ އުއްތަމަ ފަނޑިޔާރުގެ ޓްވީޓްގައި ވިދާޅުވިއެވެ. 

އެމައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދައުވާ ނުކޮށް، ޑީޕޯޓުކޮށްލުމަށް ޕީޖީ އޮފީހުން ނިންމީ އޭނާ އަކީ އިންޑިއާ އަށް ނިސްބަތްވާ މީހަކަށް ވުމުން ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެމުން ޕީޖީ އޮފީހުން ބުނީ އެ މީހާ ޑީޕޯޓުކޮށްލުމަށް ނިންމީ މައްސަލައިގެ ޒާތާއި ބާވަތަށާއި، ލިބިފައިވާ ގެއްލުމާއި، ތުހުމަތުކުރެވޭ މީހާގެ ކުށުގެ ރެކޯޑާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިއާޔަތް ކުރުމަށްފަހު އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.