އިދިކޮޅުން ވެކްސިންއާއި ގުޅުވައިގެން ދައްކަމުންދާ ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓުވީޓަކުން ރައްދު ދެއްވައިފި އެވެ. 

އިންޑިއާއިން ރާއްޖެ އަށް ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑްއާ އެސްޓްރަޒެނިކާ ގުޅިގެން އިންޑިއާގެ ޕޫނޭގައި ހުންނަ ސެރަމް އިންސްޓްޓިޓިއުޝަނުން އުފައްދާފައިވާ ވެކްސިނެކެވެ. މި ވެކްސިން ޓްރަޔަލް މަރުހަލާތައް ނިމިފައިވީ ވެކްސިނެކެވެ. 

މި ވެކްސިންއާއި ގުޅުވައި އިދިކޮޅުން ބުނަމުން ދަނީ އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިހާތަނަށް ހުއްދަ ދީފައިނުވާ ވެކްސިނެއްކަމަށާއި، މި ވެކްސިން ޖެހުމަށް ދިވެހި ރައްޔިތުންނަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ. އަދި ވެކްސިންގެ ރައްކާތެރިކަން ހާމަކުރުމަށް އެންމެ ފުރަތަމަ ވެކްސިން ޖަހަން ޖެހޭނީ ސަރުކާރުގެ އިސްވެރިން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލީޝަނުން ބުނެއެވެ.

މި ވާހަކަތަކަށް ރައްދުދެއްވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ އެސްޓާޒެނިކާގެ ވެކްސިން ޖައްސަވަން އެމަނިކުފާނު ނުހަނު ބޭނުންފުޅުވާ ކަމަށާއި އެމަނިކުފާނު އެދިވަޑައިގަންނަވަނީ ވީހާވެސް އަވަހަށް ވެކްސިން ލިބި، އެމަނިކުފާނުގެ ފަރާތުން އެއްވެސް ފަރާތަކަށް ބަލި ނުޖެހި ރައްކާތެރިވުން ކަމަށެވެ. 

ވެކްސިންއާއި ގުޅިގެން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވައި ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަތުން ވެސް ބުނެފައިވަނީ ވެކްސިނަކީ ތަދު އެއްޗެއް ކަމަށާއި ދިވެހިރާއްޖެއިން މިކަމުގައި އަމަލު ކުރަމުން ދަނީ އެހެން ގައުމުތަކުން ވެސް އަމަލު ކުރަމުންދާ އުސޫލާއި އެއް ގޮތަށް ކަމަށެވެ. ދުރާލާ ތައްޔާރުވުމަށް އެޕްރޫވަލް ލިބުމުގެ ކުރިން ވެކްސިން ގެނައި ނަމަވެސް ވެކްސިން ޖަހަން ފަށާނީ ކަމާ ބެހޭ ފަރާތްތަކުގެ އެޕްރޫވަލް ލިބުމުން ކަމަށް އެ ސެންޓަރުން ބުންޏެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.