އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދާ ސީދާ ހަރަކާތުގެ ތެރެއިން މިއަދު ފިނޭންސް މިނިސްޓްރީ ކުރިމައްޗަށް އެއްވެ އަޑު އިހްތިޖާޖު ކުރަމުން އެބަދެއެވެ.

ޕީޕީއެމް ޕީއެންސީގެ އިސްވެރިން ބައިވެރިވާ މި އިހުތިޖާޖުގެ ބައިވެރިން ގޮވާލަމުންދަނީ ދިވެހި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުމަށާއި ވިޔަފާރިވެރިންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަށެވެ. އަދި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އަށް ބޮޑެތި ތުހުމަތުތަކެއް އޭނާގެ އިސްތިއުފާ އަށް އެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

އިހުތިޖާޖުގެ ބައިވެރިން ތިބީ ފިނޭންސް މިނިސްޓްރީ އިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ލިޔެފައިވާ ބޯޑުތަކެއްވެސް ހިފައިގެންނެވެ. އަދި އެ މީހުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާ އަށް ވެސް ގޮވާލާފައެވެ.

ފިނޭންސް މިނިސްޓްރީ ކުރިމަތީ ކުރަމުން ދިޔަ މުޒަހަރާ ހޫނުވެ ފުލުހުން ވަނީ ބައިވެރިން ފެން ބިލްޑިންގްއާ ހަމަޔަށް ފަހަތަށް ޖައްސާލާފައެވެ.

އިދިކޮޅުން މާލޭގެ މަގުމައްޗަށް ނުކުމެ އިޖުތިޖާޖު ކުރަން ނިންމާފައިވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ދެމެހެއްޓުމަށް ހައި ކޯޓުން ނިންމުމާއި ގުޅިގެންނެވެ. ފާއިތުވި ދެ ދުވަހު ވެސް އެ ފަރާތްތަކުން އިހުތިޖާޖުކޮށްފައިވާއިރު މާދަމާ އަތޮޅުތެރޭގައި ވެސް އިހުތިޖާޖު ކުރުމަށް އެ ކޯލިޝަނުން ވަނީ ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.