މަކަރާއި ހީލަތުން ދިވެހިރާއްޖެއަށް ތަރުކާރީއާއި މޭވާ އެތެރެކޮށް، ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

މިފަދަ މައްސަލަތަކެއް ފެންމަތިވުމާއި ގުޅިގެން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި މަހުގެ 16 ވަނަ ދުވަހު ވަނީ އޮޕަރޭޝަނެއް ފަށާފައެވެ. 

ފުލުހުން ބުނީ މި އޮޕަރޭޝަންގައި މާލޭގެ ދެ ގެއަކާއި ތިން އެޕާޓްމަންޓެއްގެ އިތުރުން އޮފީހެއް ބަލައިފާސްކޮށްފައިވާ ކަމަށާއި ބަލައިފާސްކުރި ތަންތަނުން، މި މައްސަލަތަކާ ގުޅުންހުރި ގިނަ ހެކިތަކެއް ހޯދާފައިވާ ކަމަށެވެ. 

މި މައްސަލައިގެ ތަހުގީގާއި ގުޅިގެން މައުލޫމާތު ދެމުން ފުލުހުން ބުނީ މިގޮތަށް އެތެރެކުރާ ތަރުކާރީއާއި މޭވާ ރާއްޖޭގެ ބާޒާރުގެ އަގަށްވުރެ އާދަޔާ ޚިލާފަށް ހެޔޮ އަގުތަކެއްގައި ވިއްކަމުންދާ ކަމަށެވެ. މިކަމަކީ ދިވެހި ވިޔަފާރިވެރިންގެ އިތުރުން އިގްތިޞާދަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާނެ ކަމެކެވެ. އެހެންކަމުން ފުލުހުން ވަނީ މިފަދަ ކަންކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. 

ފާއިތުވި އަހަރުވެސް މިފަދަ 10 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *