ސަސްޕެންޝަނުން އެނބުރި އައިސް ކެޕްޓަން ލިއޮނެލް މެސީ ދެއްކި ކުޅުމާއެކު ރަޔޯ ބަލިކޮށް ސްޕެނިޝް ކޮޕާ ޑެލްރޭގެ ކުއާޓާ ފައިނަލުން ބާސެލޯނާ ޖާގަ ހޯދައިފިއެވެ. 

ރަށުން ބޭރުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނުއިރު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރަޔޯއިންނެވެ. މި ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ޖަހައިދިނީ ގާސިއާ ޓޮރޭޒްއެވެ. 

އެހެން ނަމަވެސް އޭގެ ހަ މިނެޓު ފަހުން ދެ މެޗުގެ ސަސްޕެންޝަނަކަށްފަހު ކުޅެން ނުކުތް މެސީ ވަނީ ލަނޑެއް ޖަހާ ބާސާއަށް އެއްވަރުކޮށްދީފައެވެ. މި މެޗުން ބާސާ މޮޅުވި ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ޖަހައިދިނީ މިފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން މިޑްފީލްޑަރު ފްރެންކީ ޑިޔޮންގްއެވެ. 

ކޮޕާ ޑެލްރޭއަކީ މި ސީޒަނުގައި ބާސާއަށް ތައްޓެއް ހޯދުމަށް އޮތް އެންމެ ބޮޑު ފުރުސަތެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.