އިނގިރޭސި ޕްރިމިއަރ ލީގުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް އަތުން ބަލިވެ ތާވަލުގެ އެއްވަނައަށް އަލުން އަރަން ލިބުނު ފުރުސަތު މެންޗެސްޓަރ ޔުނައިޓެޑުން ނަގާލައިފިއެވެ. 

މި މެޗާއި ކުރިމަތިލިއިރު އެއް ޕޮއިންޓްގެ ތަފާތުން ދެވަނާގައި ޔުނައިޓެޑް އޮތްއިރު އަމިއްލަ ދަނޑުގައި ޝެފީލްޑް އަތުން އެޓީމު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ވެސް ނެގީ ޝެފީލްޑުންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ޖަހައިދިނީ ކީން ބްރަޔަންއެވެ. 

ޔުނައިޓެޑަށް އެއްވަރުކޮށްދިން ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ކެޕްޓަން ހެރީ މެގުއަޔަރއެވެ. އެހެން ނަމަވެސް އޭގެ 10 މިނެޓު ފަހުން އޮލިވަރ ބާކް ވަނީ ލަނޑެއް ޖަހާ ޝެފީލްޑަށް ލީޑު ނަގައިދީފައެވެ. 

ތާވަލުގެ އެއްވަނައިގައި 19 މެޗުން ލިބުނު 41 ޕޮއިންޓާއެކު އޮތީ މެންޗެސްޓަރ ސިޓީއެވެ. ދެވަނައިގައި އެއް މެޗު އިތުރަށް ކުޅެގެން ލިބުނު 40 ޕޮއިންޓާއެކު އޮތީ ޔުނައިޓެޑްއެވެ. ތިންވަނަ ލެސްޓަރ އަށް ލިބޭއިރު ހަތަރުވަނަ ލިބެނީ ވެސްޓް ހަމްއަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.