ނޮޅިވަރަމް ދާއިރާގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ، އެހީތެރިކަމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

ކުއްލި މައްސަލަ ތަޅުމަށް ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ދާއިރާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. އެގޮތުން އާބާދީގައި 2770 އަށް ވުރެ ގިނަމީހުން ދިރިއުޅޭ ނޮޅިވަރަމުގައި ކޮވިޑަށް 202 މީހުން ޕޮޒިޓިވްވިއިރު، މިއަދާ ހަމައަށް ވެސް އެ ރަށުގެ ސިއްހީ މަރުކަޒުގައި އެމްބިއުލާންސެއް ނެތް ކަމަށެވެ.

މޮސްޓާ ވިދާޅުވީ އެ ރަށުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރަމުންދަނީ ޕިކަޕެއް ކަމަށާއި މިއީ ބަލި މީހުންނަށް އެންމެ ރައްކާތެރިގޮތެއް ނޫން ކަމަށެވެ. މިކަމަށް އަވަސް ހައްލެއް ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވާ މޮސްޓާ ވަނީ އެރަށު ރައްޔިތުންނަށް އެންމެ ރައްކާތެރި ވާނެ ފަދަ ވެހިކަލެއް ވީހާ ވެސް އަވަހަކަށް ސިއްހީ މަރުކަޒަށް ހޯދައިދިނުމަށް އެދިވަޑައިގެންފައެވެ.

މީގެއިތުރުން، ނޮޅިވަރަންފަރުގައި ވެސް ކޮވިޑު ހަލުވި ކަމާއެކު ފެތުރެމުންދާކަން އޭނާ މަޖިލީހުގެ ސަމާލުކަމަށް ގެންނެވިއެވެ.

މިކަންކަން ފާހަގަކުރައްވާ އޭނާ ގޮވާލެއްވީ ނޮޅިވަރަމް ދާއިރާއަށް ބޭނުންވާ ކާބޯތަކެއްޗާއި ،ސިއްހީ ދާއިރާއަށް ބޭނުންވާނެ ތަކެތި ހޯދައިދީ، އަދި ސިއްހީ ދާއިރާގެ ގާބިލު ފަރާތްތައް ވީހާވެސް އަވަހަށް ފޮނުވަދިނުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *