ފޯޖުކޮށްފައިވާ ލިޔުމެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅި މައްސަލައެއްގައި އެ އިދާރާގެ މުވައްޒަފަކު ސަސްޕެންޑްކޮށްފިއެވެ. 

'ޖަޒީރާ' އަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ ޑިރެކްޓަރ އޮފް މީޑިއާ އެންޑް ކޮމިއުނިކޭޝަން ހަސަން ޒިޔާއު ވިދާޅުވީ އެ މުވައްޒަފު މަޖިލީހަށް ހުށައެޅީ ކަރަންޓީނު ވާން ޖެހޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށް ބުނާ ލިޔުމެކެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މިިދިޔަ ހަފްތާ ތެރޭގައި ފެންމަތިވި މި މައްސަލަގައި ސަސްޕެންޑްކޮށްފައިވަނީ އެ އިދާރާގައި މަސައްކަތް ކުރާ އަންހެން މުވައްޒަފެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.