އިދިކޮޅު ފަރާތްތަކުން މާލޭގައި އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނައިބް ރައީސް އިބްރާޙިމް ޝުޖާއު ދޫނިދޫ އަށް ގެންގޮސްފިއެވެ. 

ޕީޕީއެމުން ބުނީ، އެ ދެ ބޭފުޅުން ދޫނިދޫ އަށް ގެންގޮސްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެމީހުން ދޫކުރި ކަމެއް އެނގިފައެއް ނުވެއެވެ.

ޝުޖާއުއާ އަދުރޭ ހައްޔަރުކޮށްފައިވަނީ އިންޑިއާ އިން ރާއްޖެ ހަދިޔާކުރި ''ކޮވިޝީލްޑް'' ވެކްސިންގެ މައުލޫމާތު ހާމަކުރަން ގޮވާލައި އިއްޔެކުރި މުޒާހަރާގެ ތެރެއިންނެވެ. އިއްޔެ މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ވަނީ ހެލްތް މިނިސްޓްރީގެ އަދި އެޗްއީއޯސީ ގާއިމްކޮށްފައި ހުންނަ ދަރުބާރުގެ ދޮށަށް އެއްވެ އަޑު އުފުލާފައެވެ. 

މުޒާހަރާގެ ތެރެއިން ޕީޕީއެމް ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްވެސް ފުލުހުންގެ ހައްޔަރަށް ގެންދިޔައެވެ. ނަމަވެސް ފަހުން ވަނީ އޭނާ ދޫކޮށްލާފައެވެ. 

ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި، ސަރުކާރުން ޒިންމާދާރު ކުރުވުމުގެ ގޮތުން އިދިކޮޅުން މިފަހުން ފެށި އިހްތިޖާޖު ފުޅާކުރުމުގެ ގޮތުން މާދަމާ ރާއްޖޭގެ ހުރިހާ ރަށެއްގައި މުޒާހަރާކުރަން ވަނީ ހަމަޖެހިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.