މިއަދު 143 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 15،390 އަށް އަރައިފިއެވެ. މިއީ ޖެހިޖެހިގެން ކޮވިޑަށް 100 އިން މަތިން މީހުން ޕޮޒިޓިވްވި ހަތަރުވަނަ ދުވަހެވެ. 

އާދިއްތަ ދުވަހު ވަނީ ދެ މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ފުރަތަމަ ފަހަރަށް ދުވާލެއްގެ މައްޗަށް ރިޕޯޓްކުރެވުނު ކޭސްތަކުގެ އަދަދު 100 އަށް މައްޗަށް ގޮސްފަ އެވެ. އެއަށްފަހު ހޯމަ އަދި އަންގާރަ ދުވަހު ވެސް އެ އަދަދު ހުރީ 100 އިން މަތީގަ އެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން މާލެ ސަރަހައްދުން އެކަނި ވެސް 112 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ރަށްރަށުން 7 މީހުން އަދި ރިސޯޓުތަކުން 24 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،677 ސާމްޕަލް ނަގައި، ޓެސްޓުކޮށްފައިވެއެވެ.

މައުލޫމާތުތައް ދައްކާގޮތުން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދުތައްވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރު 101 މީހަކު އެދުމަތިކޮށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ ޖުމްލައަކީ 1366 އެވެ. 

ކޮވިޑްގެ އަދަދުތައް އަނެއްކާ ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު ދީފައިވާ ބައެއް ލުއިތައް އަނބުރާ ގެނެސް ފިޔަވަޅުތައް ހަރުކަށިކުރަން ވަނީ ފަށާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.