ޚަބަރު
ސަތޭކަ ޑޮލަރުގެ ވަގު ނޫޓު ދައުރުވަނީ، ސަމާލުވޭ!

ސަތޭކަ ޑޮލަރުގެ ވަގު ނޫޓްތަކެއް ދައުރުވަމުންދާ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނެފިއެވެ.
އެމްއެމްއޭއިން ބުނީ މިހާރު  ދައުރުވަމުންދާ ނޫޓް ތަކަކީ ސައްހަ ނޫޓްތަކާ ވަރަށް ގިނަ ސިފަތަކެއް ތަފާތު ނޫޓްތަކެއްކަމަށެވެ. ދައުރުވަމުންދާ ވަގު ނޫޓްތަކަކީ 1996 އާއި 2016އާ ދެނެދުގެ ތާރީހް ތެރޭގައި ޕްރިންޓުކޮށްފައިވާ، ހުދު ބޯޑަރެއް ހިމެނޭ ޑޮލަރުގެ ނޫޓުތަކެއް ކަމަށެވެ. 

ދައުރުވަމުންދާ ވަގު ނޫޓުތަކުގައި އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަންތައްތައް:

  • ނޫޓާއި ތަފާތު ކަރުދާހެއްގައި ޕްރިންޓްކޮށްފައި ހުރުން
  • ފޮޓޯ ހިމެނޭ ވޯޓާ މާކުގައި ސައްހަ ނޫޓާ ތަފާތުކޮށް ހުރުން
  • ނޫޓު އައްޔަށް ދިއްކުރުމުން ނޫޓުގެ ވައަތްފަރާތުން ފެންނަންހުންނަ “ޔޫއެސްއޭ 100” ލިޔެފައިވާ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެ ފަރާތުން ފެންނަން ނެތުން
  • ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގައި ދިއްލިފައި ހުންނަންޖެހޭ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެ ފަރާތުން ދިއްލިފައި ނެތުން

އެމްއެމްއޭއިން ބުނީ ދައުރުވަމުންދާ ވަގު ނޫޓްތައް ދެނެގަތުމަށް ކުރިއަށްވުރެ ބޮޑު ސަމާލުކަމެއް ދިނުމަށާއި، ބޭންކްތަކަށް ލިބޭ އެފަދަ ނޫޓްތައް އެމްއެމްއޭ އަށް ފޮނުވަމުން ގެންދިޔުމަށްވެސް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

މިދުވަސްކޮޅަކީ ދިވެހިން ގިނަ އަދަދަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރަމުންދާ ދުވަސްކޮޅަކަށްވުމާއިއކު ޑޮލަރު ހޯދުމުގައި ސަމާލުކަން ދެއްވުން ވަރަށް މުހިއްމެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top