ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށްވެސް ދައުލަތުގެ ހަރަދުގައި ވެކްސިން ލިބޭނެކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ މިހެން ވިދާޅުވީ މިއަދު ލައިވްކޮށް ކުރިއަށް ގެންދިޔަ "ޖަޒީރާ ސައްލާ" ޕްރޮގްރާމްގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށްވެސް ވެކްސިން ދައުލަތުގެ ހަރަދުގައި ލިބޭނެތޯ އެހުމުން، ޑރ. ނަޒްލާ ވިދާޅުވީ ބިދޭސީންނަށްވެސް ދައުލަތުގެ ހަރަދުގައި ވެކްސިން ލިބޭނެކަމަށެވެ. 

ކޮވިޑް-19 އިން ސަލާމަތްވެވޭނީ ހުރިހާ އެންމެންވެސް ރައްކާތެރިވެގެން ކަމަށާއި އެހެންކަމުން ބިދޭސީންނަށްވެސް ވެކްސިން ދޭނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި، ކޮވިޑް-19 ގެ ތެރޭގައި ބިދޭސީންނަށް ފަރުވާ ދިނުމުގެ ކަންތައްތައްވެސް ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުގެ ހަރަދުގައި ކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

ޑރ. ނަޒްލާގެ އިތުރުން "ޖަޒީރާ ސައްލާ" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒެވެ. މަބްރޫކްވެސް ވަނީ ބިދޭސީންނަށް ދައުލަތުގެ ހަރަދުގައި ވެކްސިން ދިނުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އެގޮތުން، ރާއްޖޭގެ އިގްތިސާދުގެ ބޮޑު ހިއްސާއެއް ބިދޭސީން އަދާކުރާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.