ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކުރުމަށް އެލިއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެލިއާއާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއި ކުރުން އޮތީ މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އޮފް ހެލްތު އަހްމަދު އާދިލްއެވެ. 8 މަސްދުވަހުން ނިންމާގޮތަށް ހަވާލުކޮށްފައިވާ މި މަޝްރޫއަށް 78 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ގާއިމްކުރެވޭ އެކްސްޓެންޝަން އިމާރާތުގައި އެމް.އާރް.އައި ރޫމަކާއި 10 އެނދުގެ އީ.އާރް ކޮމްޕްލެކްސްއަކާއި 2 އޮޕަރޭޝަން ތިއޭޓަރ ހިމެނޭ އޯ.ޓީ ކޮމްޕްލެކްސް އެއްގެ އިތުރުން ރޭޑިއޯލޮޖީ ޑިޕާޓްމެންޓަކާއި އިތުރު ޕްރައިވެޓް ކޮޓަރިތައްވެސް ގާއިމްކުރުމަށްވަނީ ހަމަޖެހިފައެވެ. މިއީ އެ ހޮސްޕިޓަލް ޓާރޝިއަރީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހިންގޭ މަޝްރޫއުއެކެވެ.

އުނގޫފާރު ހޮސްޕިޓަލުން ގިނަ ބަޔަކު އަންނަނީ ހިދުމަތް ހޯދަމުންނެވެ. އޭގެ ތެރޭގައި ށ. އަތޮޅުގެ ބައެއް ރަށްރަށާއި ނ، ރ، ބ. އަދި ޅ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުން ހިމެނެއެވެ. އެހެންކަމުން، އެ ހޮސްޕިޓަލުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އިތުރު މެޑިކަލް ސާމާނު މިދިޔަ އަހަރުގެ މެދު ތެރޭގައި އެ ރަށަށް ގެންގޮސްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.