ލ.ފޮނަދޫ މަދުތައް ހެދުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތުގެ 75 އިންސައްތަ ނިމިފައިވާކަމަށް އެ މަސައްކަތް ކުރަމުންއަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިނގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. 

އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ތާރު އެޅުމުގެ މަސައްކަތުގެ 50 އިންސައްތަވަނީ ނިމިފައެވެ.

ލ.ފޮނަދޫ މަގު ހެދުމުގެ މަޝްރޫއު ނިމޭއިރު ދިގު މިނުގައި 3.5 ކިލޯމީޓަރު ހުންނަ 12 މަގު ތަރައްގީކުރެވޭނެއެވެ. އަދި 27،848 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައި، މަގުތަކުގައި ފެން ހިންދާ ނިޒާމެއް ގާއިމް ކުރެވޭނެއެވެ. މީގެ އިތުރުން، ސްޕީޑް ބްރޭކަރު ހަރުކުރުމާއި މަގުމަތީ ނިޝާންތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީއިން ހާމަކޮށްފައިވެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަށް 25.5 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 26 ޖޫން 2019ގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.