އިންޑިއާއިން ރާއްޖެ އަށް ގެނައި ''ކޮވިޝީލްޑް'' ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން އެދި އިދިކޮޅު ފަރާތްތަކުން މާލޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރަމުން އެބަދެއެވެ. 

ޕީޕީއެމް/ޕީއެންސީން މާލޭގައި ކުރަމުންދާ އިހްތިޖާޖުގެ ތިންވަނަ ދުވަހު، މިއަދު އެންމެ ފުރަތަމަ އެއްވީ ހެލްތް މިނިސްޓްރީ ކައިރިއަށެވެ. އިދިކޮޅުގެ ލީޑަޝިޕްގެ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވާ ގޮތަށް މުޒާހަރާގެ ބައިވެރިން އެ މިނިސްޓްރީ ދޮށަށް އެއްވެ ހެލްތް މިނިސްޓަރާ ބައްދަލުކުރަން އެދުނެވެ. އެކަން ނާކާމިޔާބުވުމުން އިދިކޮޅުން ވަނީ ހެލްތް އެމެޖެންސީ އޮަޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ކުރިމަތީގައި އެއްވެ އަޑުއުފުލާފައެވެ. އެހެންނަމަވެސް ފުލުހުން ހުރަސް އެޅުމުން މުޒާހަރާގެ ބައިވެރިން ވަނީ އެތަން ދޫކޮށް ގޮސްފައެވެ. 

މުޒާހަރާގެ ބައިވެރިން ބުނަމުން ދަނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަ ދޫކޮށްފައިވާ ވެކްސިނެއް ނޫން ކަމަށެވެ. އަދި އެ ވެކްސިން އެއްވެސް ބައެއްގެ ގަޔަށް ޖަހަން ފުރުސަތު ނުދޭނެ ކަމަށް ދަނީ ގޮވާލަމުންނެވެ. 

ޕީޕީއެމް/ޕީއެންސީގެ މުޒާހަރާތައް ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ދަމަހައްޓަން ހައިކޯޓުން ކުރި ހުކުމާއިއެކުއެވެ. ހައި ކޯޓުގެ އެ ނިންމުން ބަލައި ނުގަނެ ގަރާރެއް ފާސްކޮށް މާލޭގެ އެކި ސަަރަހައްދުތަކުގައި އިދިކޮޅު ކޯލީޝަނުން ދަނީ މުޒާހަރާތަތައް ބާއްވަމުންނެވެ. މީގެ ކުރިން މުޒާހަރާގެ ތެރެއިން ލީޑާޝިޕްގެ ބައެއް ބޭފުޅުން ފުލުހުންގެ ހައްޔަރަށް ގެންދިޔައެވެ. އެކަމަކު އެ އެންމެން ވަނީ މިހާރު ދޫކޮށްލާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.