ކޮވިޑް-19 ނޭދެވޭ އަސަރުގެ ސަބަބުން މާލޭގައި ދިރިއުޅެން ދަތިވާ އާއިލާތަކުން ރަށަށް ބަދަލުވާން ބޭނުންވާނަމަ ޖެންޑާ މިނިސްޓްރީ އަށް ގުޅަން އެދިއްޖެއެވެ.
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ފޭސްބުކްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ހުޅުވާލާފައިވާ ކަމަށެވެ. އެ ފަރާތްތަކުން ޖެންޑާގެ ހޮޓްލައިން ނަންބަރު 1421 ގުޅަން އައިޝަތު ދީދީ ވަނީ އެދިވަޑައިގެންފައެވެ.
މާލެ ލޮކްޑައުން ކޮށްފައި އޮތް އިރު ޖެންޑާއިން ވަނީ މާލޭގައި ބޯހިޔާވަހިކަމެއް ނެތި ދިރިއުޅެމުންދާ މީހުންނަށް އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން ކާބޯތަކެތި ފޯރުކޮށްދީފައެވެ. ކޮވިޑާ ގުޅިގެން މާލޭގައި ދިރިއުޅެމުންދާ ގިނަ ބަޔަކަށް ކުލި ނުދެއްކޭތީވެ ގެއިން ނިކުންނަން ޖެހުނެވެ. ގިނަ އަދަދެއްގެ ބައެއްގެ ވަޒީފާ ގެއްލި އާމްދަނީ އަށް އަަސަރުކޮށްފައިވާއިރު ސަރުކާރުން ދަނީ އެ ފަރާތްތަަކަށް އެލަވަންސެއް ދެމުންނެވެ.